އޮގަސްޓް 24 ވަނަ ދުވަހު ޖުވެނައިލް ކޯޓުގެ ފަރާތުން ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށްފައެވެ. މިގޮތުން މި ޒިޔާރަތުގައިވަނީ، ޖުވެނައިލް ކޯޓުގެ ރިހިބިލިޓޭޝަންގެ އަމުރު ނެރެފައިވާ ކުދިންގެ ޙާލަތާއި އެ ކުދިން ތިބޭ ގޮޅީގެ ޙާލަތު ބެލިފައިވެއެވެ. އަދި ކުދިންނާ ވަކިން ބައްދަލުކޮށް އެ ކުދިންގެ ޞިއްޙީ ކަންކަމާއި އެނޫންވެސް ކަންބޮޑުވުންތައް ވަނީ އޮޅުންފިލުވާފައެވެ. މި ޒިޔާރުތަގައި ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ކޯޓުގެ އިސްޤާޟީ ސަޢީދު އިބްރާހީމާއި ޤާޟީ މަރްޔަމް ޠައިފާ އާއި ރަޖިސްޓްރަރ އާއި ސީނިއަރ ޕްރޮބޭޝަން އޮފިސަރުގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި ކޯޓު އޮފިސަރެކެވެ.
ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މި ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. "މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މި މައުޟޫޢުގެދަށުން ކުރިއަށް ގެންދިއަ ސެޝަންގައި ކޯޓުގެ އި...
ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މި މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން" ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާ...
ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ...