ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

Card image cap

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މި މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން" ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާއިފާ އާއި ރަޖިސްޓްރަރ އަޙްމަދު ޝިފާޢުއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން ޗިލްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހަށް ލާޒިމްކުރާ ކަންކަން ތަންފީޒުކުރުމަށް އެ އޮފީހުން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކަމާގުޅުންހުރި ޢިދާރާތައް ހޭލުންތެރިކުރުވައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި ޖަވާބުދާރީވުން ހަރުދަނާކުރުމަށްޓަކައި ބޭއްވުނު ސިމްޕޯޒިއަމްއެކެވެ.

މި ސިމްޕޯޒިއަމްގައި މައިގަނޑު ދެ ދާއިރާއަކަށް ކަރުދާސް ހުށަހަޅާ ޕެނަލް ޑިސްކަޝަންތައް ބޭއްވިފައިވެއެވެ. މިގޮތުން ފުރަތަމަ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ. ދެ ވަނަ ދާއިރާއަކީ ހަނގާކުރުން ނެތް މާހައުލެއް ކަށަވަރުކުރުމާ ދިމާލަށް ދަތުރުކުރުމަށް ކުރެވޭ މަސައްކަތާ ގުޅޭގޮތުންނެވެ. ކުޑަކުދިން ކުރާ ކުށްތަކުން ދުރުހެލިކުރުމަށާއި އެކަންތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ބޭއްވުނު ސެޝަންގެ ޕެނަލް ޑިސްކަޝަންގައި މި ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާއިފާ ބައިވެރިވެވަޑައިގެން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާ ގުޅިގެން ކޯޓަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ޙިއްސާކޮށްދެއްވާފައިވެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2024-11-27
Card image cap
ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮއްސި.

ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މި ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. "މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މި މައުޟޫޢުގެދަށުން ކުރިއަށް ގެންދިއަ ސެޝަންގައި ކޯޓުގެ އި...

Card image cap
ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މި މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން" ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާ...

Card image cap
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޖުވެނައިލް ކޯޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭ.

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ...