ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މި ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. "މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މި މައުޟޫޢުގެދަށުން ކުރިއަށް ގެންދިއަ ސެޝަންގައި ކޯޓުގެ އިދާރީ މުވައްޒަފުންގެ އިތުރުން، ކޯޓުގެ ބައެއް ޤާޟީންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. 3 ގަޑިއިރަށް ކުރިއަށް ގެންދިއަ މި ޕްރޮގްރާމުގައި މަޢުލޫމާތު ހިއްސާކޮށްދެއްވާފައިވަނީ ދަމަނަވެށީގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ކަމާގުޅޭ ޢިލްމު ލިބިވަޑައިގެން ތިއްބެވި އެ އިދާރާގެ ތަޖުރިބާކާރު ކައުންސިލަރުންނެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ، ކޯޓުގެ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައާއި، އަމިއްލަ ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ ދަތިތަކާއި ހިތްހަމަނުޖެހުންތަކުގެ ސަބަބުން އެ މުވައްޒަފުންގެ ނަފްސާނިއްޔަތަށާއި، މަސައްކަތުގެ އަޚްލާގަށް އަދި މޯޓިވޭޝަނަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިތޯ ދެނެގަތުމާއެކު، އެ ކަންކަމުން ދުރުހެލިވާން ދަސްކޮށްދިނުމެވެ. އަދި މަސައްކަތުގެ މާޙައުލުގައި ހުންނަ ނަފްސާނީ ގޮތުން މުވައްޒަފުންނަށް ނޭދެވޭ އަސަރުކޮށްފާނެފަދަ ކަންކަމަކީ ކޮބައިކަން ދެނެގަތުމާއި، އެކަންކަމާ ކުރިމަތިލާ، އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މުވައްޒަފުންނަށް މައުލޫމަތު ދިނުމެވެ.
ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މި ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. "މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މި މައުޟޫޢުގެދަށުން ކުރިއަށް ގެންދިއަ ސެޝަންގައި ކޯޓުގެ އި...
ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މި މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން" ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާ...
ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ...