ޖުވެނައިލް ކޯޓުގެ ރިކްރިއޭޝަން ކްލަބް (ޖޭ.ސީ.އާރު.ސީ) ގެ ހިންގާ ކޮމިޓީ އިފްތިތާހުކޮށްފި

Card image cap

ޖުވެނައިލް ކޯޓުގެ ރިކްރިއޭޝަން ކްލަބްގެ 6 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 2024 ޑިސެންބަރު 12 ވަނަ ދުވަހު ޖުވެނައިލް ކޯޓުގައި ކުރިއަށް ދިޔަ މި ޙަފްލާގައި، ކްލަބްގެ މި ދައުރުގެ ހިންގާ ކޮމިޓީގެ އެކި މަޤާމުތަކަށް އިންތިޚާބުވެފައިވާ ބޭފުޅުންގެ ނަންތައް އިޢުލާނު ކުރުމާއި، ކްލަބާ އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންނަށް މެމްބަރޝިޕް ލިޔުން ޙަވާލު ކުރެއްވުން ކުރިއަށް ގެންދެވުނެވެ. މެމްބަރުންނާ ލިޔުން ޙަވާލުކޮށްދެއްވާ، އާ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙު ކޮށްދެއްވީ ކްލަބުގެ މުސްތަޝާރު، އިސްޤާޟީ އަލްއުސްތާޛު ސަޢީދު އިބްރާހީމްއެވެ.

ޕަބްލިޝްކުރި ތާރީޚް: 2024-12-15
Card image cap
ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮއްސި.

ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މި ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. "މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މި މައުޟޫޢުގެދަށުން ކުރިއަށް ގެންދިއަ ސެޝަންގައި ކޯޓުގެ އި...

Card image cap
ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މި މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން" ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާ...

Card image cap
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޖުވެނައިލް ކޯޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭ.

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ...