ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

Card image cap

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2024 ޑިސެންބަރު 22 ވަނަ ދުވަހުން ފެށިގެން 2024 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން ކޮންމެހެން ބާއްވަންޖެހިއްޖެ މައްސަލައެއްގެ އަޑުއެހުންތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ޝަރީޢަތްތަކާއި ގުޅުންހުރި އިދާރީ މަސައްކަތްތަކުގެ އިތުރުން، މައްސަލަތައް ބަލައިގަތުމާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމާއި އަދި ޝަރީޢަތްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ދޫކުރުމުގެ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2024-12-22
Card image cap
ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮއްސި.

ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މި ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. "މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މި މައުޟޫޢުގެދަށުން ކުރިއަށް ގެންދިއަ ސެޝަންގައި ކޯޓުގެ އި...

Card image cap
ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މި މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން" ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާ...

Card image cap
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޖުވެނައިލް ކޯޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭ.

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ...