ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޢާންމުކޮށްފި

Card image cap

ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު މިއަދު ޢާންމުކޮށްފިއެވެ. މި އުޞޫލަކީ ޖުވެނައިލް ކޯޓުގައި ކުރިޔަށް ގެންދާ ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގާއިރު، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޟަރޫރަތެއް އޮތްކަމަށް މައްސަލަބަލާ ފަނޑިޔާރު ނިންމަވައިފިނަމަ، ދައުލަތުގެ މުއައްސަސާތަކުން ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތްތަކާއި، ދިފާޢީ ވަކީލުންނާއި، ދައުލަތުގެ ވަކީލުން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތަކުގައި ބައިވެރިވުމާ ބެހޭ ކަންކަން ބަޔާންކުރާ އުޞޫލެވެ. މިއަދުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަންވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޖުވެނައިލް ކޯޓު ވެބްސައިޓްގެ ޑައުންލޯޑްސް ޓެބްއިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2021-10-17
Card image cap
ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ ކޮށްފައިވާ ކުއްޖެއްގެ ބަންދު މުރާޖަޢާކުރުން..

ގއ.މާމެންދޫގައި ހިނގާދިޔަ މާރާމާރީއެއްގައި، 17 އަހަރުގެ ކުއްޖަކު މަރުވި މައްސަލައަކާ ގުޅިގެން ދައުލަތުގެ ފަރާތުން، "ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ" ދަޢުވާ އުފުލާފައިވާ ކުޑަ ކުއްޖެއްގެ ބަންދަށް ލުޔެއްދީ، ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް މިކޯޓުން މިއަދު ވަނީ ނިންމާފައެވެ. މި މ...

Card image cap
ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޢާންމުކޮށްފި.

ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު މިއަދު ޢާންމުކޮށްފިއެވެ. މި އުޞޫލަކީ ޖުވެނައިލް ކޯޓުގައި ކުރިޔަށް ގެންދާ ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގާއިރު، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮ...

Card image cap
ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ ދަށުން ފުރަތަމަ ފަހަރަށް މެޖިސްޓްރޭޓް ކޯޓަކަށް ޙާޟިރުވެ، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސް މައްސަލައެއް ނިންމާ ޙުކުމްކޮށްފި.

ޤާނޫނު ނަންބަރު: 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ ހަމައެކަނި ޖުވެނައިލް ކޯޓަށްކަމަށް ކަނޑައެޅުނު ފަހުން، އަތޮޅު ތެރެއިން ހުށަހެޅިފައިވާ މައްސަލައެއް ކުރިއަށް ގެންދިއުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ...