ޚަބަރު | 2015 ވަނަ އަހަރު ނިމުނު މައްސަލަތަކުގެ ރިޕޯޓްތައް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިއްޖ

ޕަބްލިޝްކުރި ތާރީޚް: 2016.01.132015 ވަނަ އަހަރު ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ ރިޕޯޓްތައް ވެބްސައިޓަށް އަޕްލޯޑް ކުރެވިއްޖެއެވެ. 2015 ވަނަ އަހަރު ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ ތެރެއިން، ހެކިން ސިއްރުކޮށްދިނުމަށް އެދިފައިވާ މައްސަލަތައް ފިޔަވައި، އެހެން ހުރިހާ މައްސަލައެއްގެ ރިޕޯޓް މިހާރު ޖުވެނައިލް ކޯޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކުޑަކުދިންގެ މައްސަލަތަކަކީ ސިއްރު މައްސަލަތަކަކަށް ވުމުން، މި މައްސަލަތައް ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވަނީ، ކުއްޖާއާ ގުޅުންހުރި އެންމެހައި މަޢުލޫމާތުތައް އުނިކުރުމަށްފަހުގައެވެ.

ކުޑަކުދިންގެ މައްސަލަތަކަކީ ޚާއްޞަ އުޞޫލަކުން ޢަމަލު ކުރެވޭ މައްސަލަތަކަކަށްވުމުން، އެކުދިންގެ މައްސަލަތައް ކުރިޔަށް ގެންދެވޭ ހުރިހާ މަރުޙަލާއެއްގައިވެސް ބޮޑެތި މީހުންނާ ތަފާތު އިޖްރާއާތުތަކެއް ކުރިޔަށް ގެންދެވެއެވެ. އެގޮތުން ޝަރީޢަތް ހިންގުމުގައާއި އަދި ޙުކުމް ކުރުމުގައިވެސް ބޮޑެތި ތަފާތުތަކެއް ހުންނަކަން ފާހަގަކޮށްލަން ޖެހެއެވެ. މި ސަބަބުތަކަށްޓަކައި، ކިޔަވާކުދިންނާއި އަދި އެހެނިހެންވެސް ފަރާތްތަކަށް ބަލާލެވޭގޮތަށް، ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްތައް ކޯޓުގެ ވެބްސައިޓުން ފެންނަން ހުރުމުގެ މުހިއްމު ކަމަށްޓަކައި، ކުއްޖާގެ އެންމެހައި ޛާތީ މަޢުލޫމާތުތައް އުނިކުރުމަށްފަހު، ކޯޓުން ނިންމާ މައްސަލަތަކުގެ ރިޕޯޓްތައް ކޯޓުގެ ވެބްސައިޓަށް ލަމުން ގެންދެވޭނެއެވެ.