ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 19 ވަނަ ބުރުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2016.02.157 ފެބުރުވަރީ 2016 އިން 11 ފެބުރުވަރީ 2016 އަށް، ހއ. ދިއްދޫގައި ކުރިޔަށް ގެންދެވުނު ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 19 ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ޤާޟީ މުޙައްމަދު ނަޢީމާއި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މިއީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުވުމުގެ ގޮތުން ރެސްޓޮރޭޓިވް ޖަސްޓިސް ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، ހއ. އަތޮޅުގައި ކުޑަކުދީންނާއިއެކު މަސައްކަތްކުރައްވާ މުއައްސަސާތަކުގެ ކަމާގުޅޭ މުވައްޒަފުންނާއި ފުލުހުންނާއި ސްކޫލްތަކުގެ އިސްބޭފުޅުންނާއި، ކައުންސިލަރުންނާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން ބައިވެރިކޮށްގެން ކުރިޔަށް ގެންދެވުނު ޓްރެއިނިންއެކެވެ. މި ޓްރެއިންނިންގައި ޖުމްލަ 21 ފަރާތަކުން ބައިވެރިވެފައިވެއެވެ.