ޚަބަރު | ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2016.12.01ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ މިއަހަރުގެ ރިސެސް މިއަދު، 01 ޑިސެންބަރު 2016 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓު މިއަހަރު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 01 ޑިސެންބަރު 2016 އިން ފެށިގެން 20 ޑިސެންބަރު 2016 އިގެ ނިޔަލަށެވެ. މިމުއްދަތުގެ ތެރޭގައި ޝަރީޢަތްތައް ތާވަލު ކުރެވިފައިނުވިނަމަވެސް، ޝަރީޢަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކާއި، މައްސަލަތައް ބަލައިގަތުމާއި، ރިޕޯޓު ދޫކުރުމާއި، ޝަރީޢަތްތަކާއި ގުޅޭ ލިޔުންތައް ދޫކުރުމާއި، އެކިއެކި ކަންކަމާ ގުޅިގެން ކޯޓުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، ތަޙުޤީޤު ބަންދާ ގުޅިގެން ކޯޓަށް ޙާޟިރުކުރާ ކުދިންގެ ބަންދާމެދު ގޮތެއްނިންމުންފަދަ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ