ޚަބަރު | ސީ.އާރު.ސީގެ ކޮންކްލޫޑިންގ އޮބްޒަވޭޝަންތަކަށް މުއައްސަސާތައް ހޭލުންތެރިކުރުމަށްޓަކައި ބޭއްވި ސްޓޭކްހޯލްޑަރސް ފޯރަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2017.10.03އ.ދގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މުޢާހަދާ (ސީ.އާރު.ސީ) މޮނިޓަރ ކުރާ ކޮމިޓީއިން ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކާއެކު 26 ސެޕްޓެމްބަރު 2017 ގައި ބޭއްވުނު ސްޓޭކްހޯލްޑަރސް ފޯރަމްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ.

ޖުވެނައިލް ކޯޓުގެ ފަރާތުން މި ފޯރަމުގައި ބައިވެރިވެވަޑައިގެންނެވީ ރަޖިސްޓްރަރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ.

މި ފޯރަމުގައި ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙައްލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުންނާއި ނިޒާމު ހަރުދަނާކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރެވިފައިވެއެވެ.