ޚަބަރު | ޖިނާއީ އިޖުރާތުގެ ޤާނޫނާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2017.10.03"ނޭޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017" ގެ ދަށުން، 2017 ސެޕްޓެމްބަރު މަހުގެ 17-18 އަށް ސްޓެލްކޯގެ މީޓިންގ ހޯލުގައި ކުރިއަށްދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ މަޝްވަރާ ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ.

ޖުވެނައިލް ކޯޓުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޯޓު ހިންގުމާ ހަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފްއާއި ޤާޟީ އަލްއުސްތާޛު ސަޢީދު އިބްރާހިމްއާއި ރަޖިސްޓްރަރ ޒަޢީމާ ނަޝީދު އަބޫބަކުރުއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި  ޤާނޫނު ތަންފީޒު ކުރުމުގައި އިދާރީގޮތުން ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހިމެނެއެވެ. އަދި މިފަދަ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން ކުރެވޭނީ ކޮން ކަންތައްތަކެއްކަން ދެނެގަނެ މި ކަންތައްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކޮށް ޚިޔާލުބަދަލުކުރެއްވިއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމާއި، ޖިނާއީ އިޖުރާއަތާ ގުޅޭގޮތުން، ޖުވެނައިލް ކޯޓުގެ ފަރާތުން މި ބައްދަލުވުމުގައި ޕޭޕަރެއް ހުށަހަޅުއްވައިދެއްވިއެވެ.