ޚަބަރު | ޖުވެނައިލް ކޯޓުގެ މަސައްކަތް ކޯޓުގެ އާ ޢިމާރާތަށް ބަދަލްކޮށްފި.

ޕަބްލިޝްކުރި ތާރީޚް: 2012.04.08ޖުވެނައިލް ކޯޓުގެ މަސައްކަތް ޖުވެނައިލް ކޯޓުގެ އާ ޢިމާރާތަށް  25 މާރޗް 2012 ގައި ބަދަލު ކުރައްވައިފިއެވެ. ޖުވެނައިލް ކޯޓު ކުރިން ހިންގަމުން އައީ ފަންހިޔާ ބިލްޑިންގ ގެ 2 ވަނަ ފަންގިފލާގައެވެ. އަލަށް ޖުވެނައިލް ކޯޓުގެ މަސައްކަތް ބަދަލުކުރީ ޖުވެނައިލް ކޯޓުގެ އާ ޢިމާރާތްކަމަށްވާ މ.މާތިލައަށެވެ. ޖުވެނައިލް ކޯޓަށް މިލިބުނު އާޢީމާރާތުގެ ސަބަބުން ކޯޓުގެ މުވައްޒަފުންނަށް މަސައްކަތްކުރުމަށް އެކަށޭނެ މާޙައުލެއް ލިބި، ކޯޓަށް ޙާޟިރުވާ ފަރާތްތަކަށާއި، އެކި ބޭނުންތަކަށް ކޯޓަށް ޙާޟިރުވާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް ކޯޓުން ދެކެއެވެ.