ޚަބަރު | ކޮންފެރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.02.25ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި މޯލްޑިވްސް ޖުޑީޝަލް އެކެޑެމީ އިން 18 ފެބުރުވަރީ 2019 އިން 19 ފެބުރުވަރީ 2019 ގެ ނިޔަލަށް އިންތިޒާމްކޮށް ކުރިޔަށް ގެންދެވި ''ކޮންފެރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް''ގެ އިންތިޒާމް ކޮމިޓީގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެއްޖެއެވެ. ކޯޓުގެ ފަރާތުން މި ކޮންފެރެންސްގެ އިންތިޒާމް ކޮމިޓީގައި ހިމެނުނީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ޢަފްރާ ޢުޘްމާން އާއި ކޯޓު އޮފިސަރުން ކަމުގައިވާ ފާޠިމަތު ޝިޒްނާއާއި، މިންހާ ޢަބްދުލް މުޙްސިންއާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ އަފްޝަން ނަސީމްއާއި ކޮމްޕިއުޓަރ ޓެކްނީޝަން އަޙްމަދު އަލްޙަމް ޢާދިލްއެވެ.

މިކޮންފެރެންސްގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙުކޮށް ހަރުދަނާ ކުރުމަށްޓަކައި، ބޭރުގެ ތަޖުރިބާކާރުންނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ސީނިއަރ ޤާނޫނީ ވަކީލުންނާއި، ކަމާގުޅުންހުރި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. އަދި ކޮންފެރެންސްގައި މަޝްވަރާކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ޖުޑީޝަލް ރިފޯމް ނުވަތަ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމާގުޅޭ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ނިންމިފައިވެއެވެ.