ޚަބަރު | ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.04.072019 އެޕްރީލް 02 އިން ފެށިގެން 2019 އެޕްރީލް 04 ގެ ނިޔަލަށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިތަމްރީން ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ސެޝަންތައް ނަންގަވައި ދެއްވީ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު އާއި އެސިސްޓެންޓް ލީގަލް އޮފިސަރ ޢަފްރާ ޢުޘްމާން އެވެ.

މިޕްރޮގްރާމަކީ އައްސޭރި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ 18 އަހަރު ނުފުރޭ ކުދިންނާމެދު ޢަމަލުކުރާނެ އުޞޫލުތަކާއި، އެކުދިންނާމެދު މުޢާމަލާތްކުރާނެ ގޮތްތައް ދަސްކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ މުއާޙަދާތަކާއި މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އައްސޭރި ޖަލުގެ އޮފިސަރުންނަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި އައްސޭރި ޖަލުގެ 20 އޮފިސަރުން ބައިވެރިވެފައިވެއެވެ.