ޚަބަރު | ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހއ. އަތޮޅުގައި ކުރިއަށްގެންދެވުނު ހަރަކާތްތަކުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.12.09ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޮވެންބަރު މަހުގެ 15 އިން 20 އަށް ހއ. އަތޮޅުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މި ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތަކުގެ ތެރޭގައި ހއ.އަތޮޅުގެ 14 ރަށުގައި، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށްގެންދިއުމާއި، ދުވަހާގުޅޭ ޝިޢާރުތައް ހިމެނޭ ބިލްބޯޑުތައް ހުޅުވުން ހިމެނުނެވެ. އަދި ދުވަހާގުޅޭ މެއިން އިވެންޓް ކުރިޔަށް ގެންދެވުނު، ހއ.ދިއްދޫގައި، "ސިންގަލް ޔޫސް ވޭސްޓް ޕްލާސްޓިކް ކަލެކްޝަން" ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތަކާއި ބިލްބޯޑު ހުޅުވުމުގެ ރަސްމިއްޔާތަކާއި، ކުޑަކުދިންގެ ހަވީރަކާއި، ކުޑަކުދިންގެ ކަލަރ ރަންއެއް ބޭއްވުން ހިމެނުނެވެ.

 

މި ހަރަކާތްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނާއި، އަރކްގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ހއ.އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށު ކައުންސިލްތަކާއި، އެ އަތޮޅުގެ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވުނު ހަރަކާތްތަކެކެވެ.

 

މި ހަރަކާތްތައް ހިންގުމުގައި ކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ.