ޚަބަރު | ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2021.07.01



ޖުވެނައިލް ކޯޓުގެ ކޯޓު ކަލަންޑަރުގައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު 01 ޖުލައި 2021 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 2021 ޖުލައި 01 އިން ފެށިގެން 2021 ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން ފިޔަވައި، ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތާއި، ކޯޓު އަމުރު ދޫކުރުމުގެ އިތުރުން، ޝަރީޢަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން މައްސަލަތައް ބަލައިގަތުމާއި، ރިޕޯޓު ދޫކުރުމާއި، ޝަރީޢަތްތަކާއި ގުޅޭ ލިޔުންތައް ދޫކުރުންފަދަ އެންމެހައި މަސައްކަތްތަކާއި އަދިވެސް ބައެއް މުހިއްމު އެހެނިހެން މަސައްކަތްތައްކުރުން ހިމެނެއެވެ.