ޚަބަރު | ސްޕްރީމް ކޯޓުގައި އިޤްރާރުވާ ވަކީލުން އިތުރު އިޖުރާތަކާއި ނުލާ ޖުވެނައިލް ކޯޓުގައި ރަޖިސްޓަރީ ކުރުމަށް ހަމަޖެއްސުން

ޕަބްލިޝްކުރި ތާރީޚް: 2012.07.04ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން، " ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު " ގެ ޖަދުވަލު 1 ގައިވާ އިޤްރާރުގައި ސޮއިކޮށް ސްޕްރީމް ކޯޓަށް ހުށަހަޅާ ވަކީލުންނަކީ މިހާރުވެސް ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަކަށްވާތީ، އިތުރު އިޖުރާތަކާއި ނުލާ ކޯޓުތަކުގައި ރަޖިސްޓަރީ ކުރަމުން ގެންދިއުމަށް ނިންމާފައިވާތީ، ސްޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުގެ މަތިން، އެއްވެސް އިޖުރާތަކާއި ނުލާ، ސްޕްރީމް ކޯޓުގައި އިޤްރާރުވެފައިވާ ވަކީލުން މިކޯޓުގައި ރަޖިސްޓަރީ ކުރެވެމުންދާނެއެވެ. އެހެންކަމުން މިހާރު ކޯޓުން ދޫކުރަމުންދާ ފޯމް ބަލައިގަތުން ވަނީ ހުއްޓާލެވިފައެވެ.