ޚަބަރު | ޢިމާދުއްދީން ސްކޫލްގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ޖުވެނައިލް ކޯޓާބެހޭ މަޢުލޫމާތު ދެވިއްޖެ

ޕަބްލިޝްކުރި ތާރީޚް: 2012.07.12"އަމާންވެށި" މި ޝިޢާރުގެ ދަށުން ކުޑަކުދިންގެ މެދުގައި ކުށްކުރުން މަދުކުރުމުގެ ގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިސްނަންގަވައިގެން މި ޖުލައި މަހުގެ 10 ން 12 އަށް އިމާދުއްދީން ސްކޫލްގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ހިންގަމުން ގެންދާ ހޭލުންތެރި ކުރުމުގެ ވޯރކްޝޮޕްގައި، ޖުވެނައިލް ކޯޓާބެހޭ މަޢުލޫމާތު، ޢިމާދުއްދީން ސްކޫލްގެ 26 ދަރިވަރަކަށް މިއަދު ދެވިއްޖެއެވެ. މި ދަރިވަރުންނަށް ޖުވެނައިލް ކޯޓާބެހޭ މަޢުލޫމާތު ދެވިފައިވަނީ، އެކުދިން ކޯޓަށް ޙާޟިރުކޮށްގެނެވެ. މިގޮތުން ކޯޓުން ކުރާ މަސައްކަތާއި، ކޯޓާބެހޭ މަޢުލޫމާތުތައް ހިމަނައިގެން ތައްޔާރު ކުރެވިފައިވާ ޕްރެޒެންޓޭޝަނެއް ކުދިންނަށް ހުށަހަޅައިދެވުނެވެ. ޕްރެޒެންޓޭޝަނަށްފަހު، ދަރިވަރުންނަށް ސުވާލާއި ޖަވާބުގެ ވަގުތުކޮޅެއް ދެވުނެވެ. އަދި އެއަށްފަހު ދަރިވަރުންނަށް، ކޯޓުތެރެއާއި ޝަރީޢަތުގެ މަޖިލީސް ދައްކާލެވި، ޝަރީޢަތުގެ މަޖިލީހުގައި ކަން ހިނގާގޮތުގެ މަޢުލޫމާތު ދެވުނެވެ.