ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 11 ވަނަ ބުރު ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2012.12.122012 ޑިސެމްބަރ މަހުގެ 02 ކުން 06 އަށް އައްޑޫ ސިޓީ ގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 11ވަނަ ބުރު ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައާއި ބައިވެރިންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ޖުވެނައިލް ކޯޓުގެ ޤާޟީ އަހްމަދު ޝަކީލް އާއި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މިޓްރެއިނިންގއަކީ، ރެސްޓޮރެޓިވް ޖަސްޓިސް ގެ ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާއިމެދު،އައްޑޫ ސިޓީގެ ރަށްތަކުގެ މެޖިސްޓްރޭޓުންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ އިތުރުން އައްޑޫ ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރުގެ ޓެކްނިކަލް މުވައްޒަފުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގައި މަސައްކަތްކުރާ ފުލުހުން ތަމްރީނުކުރުމަށްޓަކައި ބޭއްވުނު ޓްރެއިނިންގ އެކެވެ. މިގޮތުން، ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގައި ކޯޓުގައި ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ރިޢާޔަތް ކުރަމުންގެންދާ، ޤަވާޢިދެއްކަމުގައިވާ، " ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައްބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު " ގައިވާ ބައިތައް އޮޅުންފިލުވައިދެވުނެވެ.

 

މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ އިތުރުން، ޓްރެއިނިންގގެ ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ދެ މުވައްޒަފުންކަމުގައިވާ ކޯޓުއެޑްމިނިސްޓްރޭޓަރ އާދަމް ޙަސަން ޙުސައިން އާއި ކޮމްޕިއުޓަރ ޓެކްނީޝަން އާދަމް ތަހުސީން ބައިވެރިވެވަޑައިގެންނެވިއެވެ.