ޚަބަރު | 2012 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބު

ޕަބްލިޝްކުރި ތާރީޚް: 2013.01.062012 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލައިލާއިރު، 2011 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމިހުރި މައްސަލަތަކާއިއެކު 2012 ވަނަ އަހަރަށް ޖުމްލަ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަކީ 136 އެވެ. އެއީ 2012 ވަނަ އަހަރު އަލަށް ކޯޓަށް ހުށަހެޅުނު 83 މައްސަލައާއި 2011 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި އޮތް 53 މައްސަލައެވެ.

 

2012 ވަނަ އަހަރު ޖުވެނައިލް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގެ ޢަދަދަކީ 94 އެވެ. މިގޮތުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޢަދަދަށްވުރެ ކޯޓުން ނިންމުނު މައްސަލަތަކުގެ ޢަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި 2012 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި ބާކީ އޮތީ 43 މައްސަލައެވެ. މިގޮތުން އެއް އަހަރުން އަނެއް އަހަރަށް ކޯޓުގައި ނުނިމި ބާކީ ހުންނަ މައްސަލަތަކުގެ ޢަދަދު މަދުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.