ޚަބަރު | އެޗް.އާރު.ސީ.އެމްގެ މެންބަރުން ޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް އަމުރުކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2014.03.11ހިއުމަން ރައިޓްސްކޮމިޝަންގެ މެންބަރުން12 މާރިޗް2014 ވަނަ ދުވަހުގެ13:30 އަށްޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް ކޮންމެމެންބަރެއްގެ މައްޗަށް އަމުރެއްނެރެފިއެވެ.

 

ހިއުމަން ރައިޓްސްކޮމިޝަންގެ މެންބަރުން ޖުވެނައިލްކޯޓަށް ޙާޟިރުވުމަށް އަމުރު ނެރެފައިވަނީ،05 ޑިސެމްބަރ2013 ވަނަދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުންޖުވެނައިލް ކޯޓަށް ފޮނުވާފައިވާ'' ށ.ފޭދޫ15 އަހަރުގެކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެމައްސަލައާ ގުޅިގެން ދައުލަތުގެމުއައްސަސާތަކުން މަސައްކަތް ކޮށްފައިވާގޮތުގެ މައްޗަށް ބަލާ ހިއުމަން ރައިޓްސްކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު'' ގައި، އެމައްސަލައާއި ގުޅިގެން ކޯޓުންޢަމަލުކުރިގޮތާއި ޚިލާފަށް ކަންތައްތަކެއްހިމަނާފައިވުމާއި، އެކަމުގެ ސަބަބުންކޯޓާމެދު ނުރަނގަޅު ތަޞައްވުރެއްދެވޭފަދަ ގޮތަކަށް ބައެއް ބައިތައްހިމަނާވާފައިވުމުގެ އިތުރުން، ޖުވެނައިލްކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެމާނަދޭހަވާގޮތަށް ބައެއް ޕޮއިންޓްތައްހިމަނާފައިވާތީ، އެކަންކަމާމެދުސުވާލުކޮށް އެކަން ހިނގާފައިވާގޮތްބެލުމަށްޓަކައި،23 ފެބުރުވަރީ2014 ވަނަދުވަހުގެ13:30 އަށް ޖުވެނައިލްކޯޓަށް ޙާޟިރުވުމަށް ސިޓީ ފޮނުވުމުން،ޖުވެނައިލް ކޯޓުގެ ސިޓީގައިބަޔާންކޮށްފައިވާ ކަންކަމާމެދުޖަވާބުދާރީވުމަށް ކޮމިޝަނުގެމެންބަރުންނަށް ކޯޓަށް ޙާޟިރުވެވެންނެތްކަމަށް ބުނެ ސިޓީ ފޮނުވާފައިވާތީއާއި،ކޮމިޝަނުގެ ރިޕޯޓުގައި، ޙަޤީޤަތާޚިލާފަށް ބަޔާންކޮށްފައިކަމަށް ކޯޓުންދެކޭ ކަންތައްތައް ފާހަގަކޮށް އިތުރުބައްދަލުވުމަކަށް09 މާރިޗު2014 ވަނަ ދުވަހުގެ10:00 އަށްކޯޓަށް ޙާޟިރުވުމަށް އެންގުމުންވެސްއެއްވެސް ސަބަބެއް ބަޔާންކުރުމަކާނުލައިކޯޓަށް ޙާޟިރުވެފައި ނުވާތީއެވެ. އަދި09 މާރިޗު2014 ވަނަ ދުވަހުކޯޓަށް ޙާޟިރުވުމަށް އެދި ފޮނުވިސިޓީއަށް ހިއުމަން ރައިޓްސް ކޮމިޝަނުންލިޔުމުން ޖަވާބުދާރީވެފައިވެސްނުވެއެވެ.

 

ޤާނޫނުއަސާސީގެ141 ވަނަމާއްދާގެ(ނ) އާއި(ރ) އަށް ބަލާއިރު،ހިއުމަން ރައިޓްސް ކޮމިޝަނުގެ މިޢަމަލަކީ،ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެއްކަންފާހަގަ ކުރެވެއެވެ.