ޚަބަރު | ޖުވެނައިލް ކޯޓުގެ ގަވާއިދަށް ފުރަތަމަ އިޞްލާޙު ގެނެސްފި

ޕަބްލިޝްކުރި ތާރީޚް: 2014.05.06ޖުވެނައިލް ކޯޓުގެ ގަވާއިދު 24 މާރިޗު 2014 ގައި ގެޒެޓް ކުރުމަށްފަހު، އެގަވާއިދުގެ 55 މާއްދާއަށް 04 މެއި 2014 ވަނަ ދުވަހު ފުރަތަމަ އިޞްލާޙު ގެނެސްފިއެވެ.

 

ގަވާއިދަށް ގެނެވުނު އިޞްލާޙާ ގުޅިން، ދައުލަތުގެ އެއްވެސް މުއައްސަސާއެއް ތަމްސީލުކުރުމަށްޓަކައި ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ ފަރާތެއްނަމަ، އެފަރާތެއް ހުންނަންވާނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިގެ ކޯޓުގައެވެ. އަދި މި އިޞްލާހާ ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންގެ ތެރެއިން ޝަރީޢަތުގެ މަޖިލީހަށް ވަންނަ ފަރާތްތަކުގެ ހެދުން ހުންނަންޖެހޭނީ މިގަވާއިދުގެ 29 ވަނަ މާއްދާގައިވާ ފަދައިންނެވެ. އަދި މި އިޞްލާޙު ގެޒެޓްކުރެވޭތާ 06 މަސްދުވަހުގެ ތެރޭގައި ކޯޓުގެ ގަވާއިދުގެ 55 ވަނަ މާއްދާއާއި 29 ވަނަ މާއްދާއަށް ޢަމަލުކުރަން ފެށޭނެއެވެ.