ޚަބަރު | ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމާއި މައްސަލަތައް ބަލައިގަތުން މަޑުޖައްސާލައިފި

ޕަބްލިޝްކުރި ތާރީޚް: 2014.05.06ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމާއި ކޯޓަށް މައްސަލަތައް ބަލައިގަތުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.

 

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން މިގޮތަށް ނިންމާފައިވަނީ، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމުގެ މަޢުލޫމާތު ބައެއް މީޑިއާތައް މެދުވެރިކޮށް ލިބެމުންދާތީ، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ކުރުމަށްޓަކައެވެ.

 

އަދި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ނުވަތަ ނޫންކަން ކޯޓަށް ކަށަވަރުވުމުން، މައްސަލަތައް ބަލައިގަތުމާއި، އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމާއިމެދު ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ގޮތެއް ނިންމަވާގޮތަށް ވެސް ނިމިފައިވެއެވެ.