ޚަބަރު | ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތު،

ޕަބްލިޝްކުރި ތާރީޚް: 2011.06.19ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތު، މި ހިނގާ ޖޫން މަހުގެ 01 އިން 09 އާއި ދެމެދު، ކޯޓުގައި އެއްވެސް މައްސަލައެއް ނުހިންގައި، ހަމައެކަނި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާގޮތަށް ހަމަޖައްސާފައިވީނަމަވެސް، ކުޑަކުދިންގެ މައްސަލަތަކަކީ، ވީއެންމެ އަވަސް ފުރުޞަތެއްގައި ނިންމަންޖެހޭ މައްސަލަތަކެއް ކަމުގައި ކަނޑައަޅާފައިވާތީއާއި، ކޯޓުގައި ޤާޟީން މަދުވުމުގެ ސަބަބުން، ރިސެސްގެ މުއްދަތުގައި މައްސަލަތައް ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފިއެވެ. ކޯޓުގައި ޤާޟީން މަދުވުމުގެ ސަބަބުން، މިއަހަރުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މައްސަލަތައް ކުރިޔަށް ގެންދަން ޖެހުނު ކަމުގައިވީނަމަވެސް، ކޯޓަށް ދިމާވެފައިވާ ޤާޟީންގެ ދަތިކަން ޙައްލުވުމުން، ކޯޓުކަލަންޑަރުގައިވާގޮތަށް މަސައްކަތްތައް ތަރުތީބުކޮށްގެން ކުރިޔަށް ގެންދެވޭނެކަމަށް މި ކޯޓުން ދެކެމެވެ.