ޚަބަރު | ޖުވެނައިލް ކޯޓުގެ އަހަރުމެދު ރިސެސްއަށްފަހު ޝަރީޢަތްތައް ކުރިޔަށް ގެންދަން މިއަދު ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2014.07.02ޖުވެނައިލް ކޯޓުގެ އަހަރުމެދު ރިސެސް ނިންމުމަށްފަހު، ކޯޓުގައި އަލުން ޝަރީޢަތްތައް ކުރިޔަށް ގެންދަން މިއަދު ފަށައިފިއެވެ.

 

ޖުވެނައިލް ކޯޓުގައި މިއަދު އަލުން ޝަރީޢަތްތައް ކުރިޔަށް ގެންދަން ފަށާފައިވަނީ، ޖުވެނައިލް ކޯޓުގެ ކޯޓު ކަލަންޑަރުގައިވާ ގޮތުގެމަތިން، 15 ޖޫން 2014 އިން 30 ޖޫން 2014 ވަނަ ދުވަހުގެ ނިޔަލަށް ކޯޓުގެ އަހަރުމެދު ރިސެސްގެ 15 ދުވަހުގެ މުއްދަތު ހަމަވުމާގުޅިގެންނެވެ.

 

ރިސެސްގެ މުއްދަތުގެ ތެރޭގައި، ކޯޓުގެ ޝަރީޢަތްތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން ފިޔަވައި، ކޯޓުގެ އެހެނިހެން ހުރިހާ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރިޔަށް ގެންދެވިފައިވެއެވެ. މިގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ ކުދިންގެ ބަންދާއިމެދު ގޮތެއް ނިންމުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދެވިފައިވެއެވެ. އަދި އިދާރީގޮތުން ކޯޓުގައި ކުރަމުންގެންދާ އެންމެހައި މަސައްކަތްތައްވެސް ކުރިޔަށް ގެންދެވިފައިވެއެވެ.