ޚަބަރު | ޖުވެނައިލް ކޯޓުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި އެލަވަންސް ޣައްޒާ ފަންޑަށް ހަދިޔާކުރުމަށް ނިންމައިފި

ޕަބްލިޝްކުރި ތާރީޚް: 2014.08.09ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީވުމަށް ޖުވެނައިލް ކޯޓުގައި މަސައްކަތްކުރަމުން ގެންދާ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި އެލަވަންސް ޣައްޒާ ފަންޑަށް ހަދިޔާކުރަން ޖުވެނައިލް ކޯޓުން ނިންމައިފިއެވެ.

 

އެކަމަށް ޚާއްޞަކޮށް ކޯޓުގައި ކުރިއަށް ގެންދެވުނު ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވަނީ، ކޯޓުގައި މަސައްކަތްކުރަމުން ގެންދާ ޤާޟީން ހިމެނޭ ގޮތުން، ކޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި އެލަވަންސް ޣައްޒާ ފަންޑަށް ހަދިޔާކުރުމަށެވެ.