ޚަބަރު | އަހަރުގެ ފަހު ރިސެސްއަށް ނުދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފި

ޕަބްލިޝްކުރި ތާރީޚް: 2011.11.30ޖުވެނައިލް ކޯޓުގެ ކަލަންޑަރުގައި އަހަރުގެ ފަހު ރިސެސްގެ މުއްދަތު ކަމުގައި ކަނޑައަޅާފައިވާ، 01 ޑިސެމްބަރ 2011 އިން 20 ޑިސެމްބަރ 2011 އަށް ވާ މުއްދަތުގައި، ކޯޓުގައި އެއްވެސް މައްސަލައެއް ނުހިންގައި، ހަމައެކަނި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާގޮތަށް ހަމަޖައްސާފައިވީނަމަވެސް، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް، އަދަބުދިނުމުގައި، ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 03 ވަނަ މާއްދާގައި، ކުޑަކުދިންގެ މައްސަލަތަކަކީ، ވީއެންމެ އަވަސް ފުރުޞަތެއްގައި ނިންމަންޖެހޭ މައްސަލަތަކެއް ކަމުގައި ކަނޑައަޅާފައިވާތީއާއި، މި އަހަރު ނިންމުމަށް ވަކި ޓާގެޓްތަކެއް ކަނޑައަޅައިގެން ކުރިޔަށްގެންދާ މައްސަލަތަކެއް ހުރުމާއިއެކު، އެމައްސަލަތައް ނިންމުމަށްޓަކައި އަހަރުގެ ފަހު ރިސެސްގެ މުއްދަތުގައި މައްސަލަތައް ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުގެ އިއްތިފާޤުން ނިންމަވައިފިއެވެ.