ޚަބަރު | ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމާބެހޭ ގޮތުން ބޭއްވި ފޯރަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2015.05.07"ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުން” މިތީމުގެ ދަށުން ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީއާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ބޭއްވި ފޯރަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިފޯރަމްގެ ޕެނަލްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވީ، ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. އަދި މީގެ އިތުރުން، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފާއި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފާއި ޕަބްލިކް ޕްރޮސެކިއުޓަރ އަލްއުސްތާޛާ މަރްޔަމް ޠާއިފާއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަސްވާރު ޕްރޮގްރާމް ހިންގުމާ ޙަވާލުވެ ހުންނެވި އަލްފާޟިލާ ފާތުމަތު ޞާފިޔާ ރަޝީދު މިފޯރަމްގައި ބައިވެރިވެ ވަޑައިގަތެވެ. މިފޯރަމްގެ ރެކޯޑިންގ އޮތީ 4 މެއި 2015 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ. އަދި މިފޯރަމްގެ ރެކޯޑިންގ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޓެލެވިޜަން މޯލްޑިވްސް އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.