ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 03 ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2011.12.182011 ޑިސެމްބަރ މަހުގެ03 - 09 އަށް ނ. ވެލިދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ03 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މިޓްރޭނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުންބައިވެރިވެ ވަޑައިގެންނެވީ، ޖުވެނައިލް ކޯޓު ހިންގެވުމާއި ޙަވާލުވެހުންނެވި ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމާއި، ކޯޓުގެ ރަޖިސްޓްރާރއަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މިޓްރެއިނިންގއަކީ، ރެސްޓޮރެޓިވް ޖަސްޓިސް ގެ ފަލްސަފާގެދަށުން، ކުށްކުރާކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު،މެޖިސްޓްރޭޓުންނާއި، އަތޮޅުތަކުގައި މަސައްކަތްކުރަމުން ގެންދާޕޮލިހުންނާއި، އަތޮޅުތަކުގައި ހުންނަ އެފް.ސީ.އެސް.ސީ ތަކުގައި މަސައްކަތްކުރަމުންގެންދާ ސޯޝަލް ވޯކަރުން ތަމްރީނުކުރުމަށްޓަކައި ބޭއްވުނު ޓްރެއިނިންގ އެކެވެ. މިގޮތުން،ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގައި ކޯޓުގައި ޢަމަލުކުރަމުންދާ ގޮތުގެމަޢުލޫމާތާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ރިޢާޔަތްކުރަމުންގެންދާ، ޤަވާޢިދެއްކަމުގައިވާ،" ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައްބަލައި، ތަޙުޤީޤުކޮށް، އިންސާފުކޮށް، އަދަބުދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގައިވާ ބައިތައް އޮޅުންފިލުވައިދެވުނެވެ.