ޚަބަރު | އަސީލްގެ މަރުގެ މައްސަލައާ ގުޅިގެން ދެ ޚަބީރެއްގެ ރައުޔު ނަގައިފި.

ޕަބްލިޝްކުރި ތާރީޚް: 2015.08.1823 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރެއިން ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކޮށްފައިވާ ޚަބީރުންގެ ބަސް މިއަދު ނަގައިފިއެވެ. ކުރިޔަށް މި މައްސަލަ 24 އޯގަސްޓު 2015 ވަނަ ދުވަހަށް ޝެޑިއުލްކުރެވިފައިވާއިރު، އެ ދުވަހުގެ މަޖިލީހުގައި ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ މެޑިކޯ ލީގަލް ރިޕޯޓާ ގުޅިގެން އެ ރިޕޯޓު ތައްޔާރު ކުރެއްވި ޚަބީރުންގެ ރައުޔު ނެގުމަށް ވަނީ ހަމަޖެހިފައެވެ.