ޖުވެނައިލް ކޯޓުގެ އައު ފަނޑިޔާރު މަސައްކަތަށް ނިކުމެވަޑައިގަންނަވަން ފަށްޓަވައިފި

Card image cap

މިހިނގާ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުންފެށިގެން ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަމްބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުވެނައިލް ކޯޓަށް ޢައްޔަނު ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރު، ހދ.ކުޅުދުއްފުށީ، ޓޯޓަލްގެ / އަލްއުސްތާޛާ މަރިޔަމް ޠާއިފާ، ކޯޓުގެ މަސައްކަތަށް ނިކުމެވަޑައިގަންނަވަން ފަށްޓަވައިފިއެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބުނެފައިވާގޮތުން، ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުންނާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން އަދި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދެ ޖިންސުގެ ފަނޑިޔާރުންނެވެ. އަލްއުސްތާޛާ މަރްޔަމް ޠާއިފާއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުގެ ރޮނގުން ބެޗްލަރޒް ޑިގްރީ ހާޞިލް ކުރައްވާ، ޤާނޫނީ ވަކީލުކަމުގައި 8 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައިވާ އަލްއުސްތާޛާ މަރްޔަމް ޠާއިފާ މީގެ ކުރިން ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމުގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ރަސްމިއްޔާތުގައި އަލްއުސްތާޛާ މަރިޔަމް ޠާއިފާ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވަނީ 26 ނޮވެންބަރު 2020 ގައެވެ.

ޕަބްލިޝްކުރި ތާރީޚް: 2020-11-29
Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...

Card image cap
"މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން، 2022 ސެޕްޓެމްބަރު 18 އިން 19 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ "މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޝިފާއުއާއި ޕްރޮބޭޝަން އޮފިސަރ އަލްފާޟިލާ ނާއިލާ ރަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ކޮން...

Card image cap
ޖުވެނައިލް ކޯޓަށް ރަޖިސްޓްރާރއެއް ހަމަޖައްސަވައިފި .

ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ހއ.މާރަންދޫ،ލަކީސްޓާރ އަލްއުސްތާޛު އަޙްމަދު ޝިފާއު ހަމަޖައްސަވައިފިއެވެ. ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމު ހުސްވެފައިވަނީ، އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު، ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 28 ނޮވެންބަރު 2021 ގައި ޢައްޔަނ...