ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ.
ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން ކޮންމެހެން ބާއްވަންޖެހިއްޖެ މައްސަލައެއްގެ އަޑުއެހުންތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ޝަރީޢަތްތަކާއި ގުޅުންހުރި އިދާރީ މަސައްކަތްތަކުގެ އިތުރުން، މައްސަލަތައް ބަލައިގަތުމާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމާއި އަދި ޝަރީޢަތްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ދޫކުރުމުގެ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެއެވެ.