ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޖުވެނައިލް ކޯޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭ

Card image cap

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤު މަރަހަލާގައި ނެރެންޖެހޭ އަމުރުތައް ނެރުން.
2. ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވޭ މަޖިލީސްތައް.
3. ޝަރީޢަތްތަކާއި ގުޅިގެން ބަންދުގައި ތިބޭ ކުދިންގެ ބަންދު މުރާޖަޢާކުރުމަށް ބޭއްވޭ މަޖިލީސްތައް.
މިމުއްދަތުގައި މުވައްޒަފުން އާންމު އުސޫލުން އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މިގޮތަށް މި އިންތިޒާމް ހަމަޖެއްސުމުގައި ވީހާވެސް މަދު ދުވަސްތަކެއްގައި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން ނެރެގެން ޚިދުމަތްތައް ދިނުމަށް އިސްކަން ދެވޭނެއެވެ. މި ބީދައިން ކޯޓުގެ މުވައްޒަފުން މި ދުވަސްތަކުގައި އޮފީހަށް ހާޒިރުވެ ކުރާ މަސައްކަތަށް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް ދޭ ނިސްބަތުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕަބްލިޝްކުރި ތާރީޚް: 2024-03-28
Card image cap
އަންހެން ފަނޑިޔާރުންގެ މަހާސިންތާ/"ވިމެން ޖަޖަސް ކޮންފަރެންސް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި..

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...

Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...