ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޢާންމުކޮށްފި

Card image cap

ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު މިއަދު ޢާންމުކޮށްފިއެވެ. މި އުޞޫލަކީ ޖުވެނައިލް ކޯޓުގައި ކުރިޔަށް ގެންދާ ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގާއިރު، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޟަރޫރަތެއް އޮތްކަމަށް މައްސަލަބަލާ ފަނޑިޔާރު ނިންމަވައިފިނަމަ، ދައުލަތުގެ މުއައްސަސާތަކުން ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތްތަކާއި، ދިފާޢީ ވަކީލުންނާއި، ދައުލަތުގެ ވަކީލުން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތަކުގައި ބައިވެރިވުމާ ބެހޭ ކަންކަން ބަޔާންކުރާ އުޞޫލެވެ. މިއަދުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަންވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޖުވެނައިލް ކޯޓު ވެބްސައިޓްގެ ޑައުންލޯޑްސް ޓެބްއިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2021-10-17
Card image cap
އަންހެން ފަނޑިޔާރުންގެ މަހާސިންތާ/"ވިމެން ޖަޖަސް ކޮންފަރެންސް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި..

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...

Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...