މަޢުލޫމާތު ހޯދާ ލިބިގަތުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު

ކޯޓުގެ އިންފޮމޭޝަން އޮފިސަރ

އިންފޮމޭޝަން އޮފިސަރ
...

އަމިއްލަ އިސްނެގުމުގައި ހާމަކުރާ މައުލޫމާތު

ޖުވެނައިލް ކޯޓުގެ ދައުރު: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެހެން ޤާނޫނަކުން ޖުވެނައިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ބެލޭނެކަމަށް ކަނޑައެޅިފައިވާ މައްސަލަތަކުގެ އިތުރަށް، ޤާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތަކާއި، ކުށްކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުދިންގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުން.

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 18 އަހަރުންދަށުގެ ކުޑަކުދިންކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާގޮތުގެމަތީން، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިތުބާރުހިފޭގޮތަށް، އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ މައްސަލަތަކެއްކަމަށް ހެދުމާއި، ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުން.

2023 ވަނަ އަހަރު ކޯޓުން ކުރުމަށް ރާވާފައިވާ ކަންތައްތައް "ކޯޓު ކަލަންޑަރ" ގައި ހިމެނިފައިވާނެއެވެ.

18 އަހަރުންދަށުގެ ކުޑަކުދިންކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތައް ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިތުބާރުހިފޭގޮތަށް، އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ، ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުން.

ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ޖުވެނައިލް ކޯޓަށް ޝަކުވާ ހުށަހެޅިދާނެއެވެ.

  • ސިޓީގެ ޒަރީޢާއިން
  • އީމެއިލްގެ ޒަރީޢާއިން
  • ފޯނުން
  • އެކަމަކަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް
  • ކޯޓުގެ ރިސެޕްޝަންގައި ބެހެއްޓިފައިވާ ޚިޔާލު ފޮށި މެދުވެރިކޮށް

  • ކޯޓުގައި ބޭއްވުނު އެކިއެކި ޝަރީޢަތްތަކާއި ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅިގެން ޝަރީޢަތުގެ މަރުޙަލާގެ ތެރޭގައި ވަކީލުންގެ ފަރާތުން ބައެއް ޝަކުވާ ވޭތުވެދިޔަ އަހަރު ކޯޓަށް ހުށަހެޅިފައިވެއެވެ
  • ކޯޓުން އިޢުލާނުކުރި ވަޒީފާތަކާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުން ޝަކުވާ 2022 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އެ ޝަކުވާތަކަށް ކޯޓުން ލިޔުމުން ޖަވާބުދީފައިވެއެވެ

ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ ދަށުން ޖުވެނައިލް ކޯޓުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައި، ކަމާގުޅުންހުރި މުއައްސަސާތަކުގެ ޚިޔާލާއި ލަފާ ހޯދާފައިވާނެއެވެ. ކޯޓުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން އެކަންކަންދާގޮތް ރަނގަޅުނޫން ނަމަ، އެކަމެއް ރަނގަޅުކުރުމަށް ޚިޔާލާއި ލަފާ، ސިޓީ، އީމެއިލް، ފޯނު އަދި ކޯޓުގެ ރިސެޕްޝަންގައި ބެހެއްޓިފައިވާ ޚިޔާލު ފޮށި މެދުވެރިކޮށް ކޯޓަށް ހުށަހެޅޭނެއެވެ. އަދި ހުށަހެޅިފައިވާ ޝަކުވާ އާއި ޚިޔާލުތަކުގެ ތެރެއިން ރިޢާޔަތްކުރެވެން ހުރި ޝަކުވާ އަދި ޚިޔާލުތަކަށް ގަވާއިދުތަކާއި ސިޔާސަތުތައް ރޭވުމުގައި ރިޢާޔަތްކުރާނެއެވެ.

ޖުވެނައިލް ކޯޓުން ބޭނުންވާ މަޢުލޫމާތެއް ހޯދުމަށް 5 ގޮތަކަށް ހުށަހެޅިދާނެއެވެ.

1- ސިޓީގެ ޒަރީޢާއިން؛

2- އީމެއިލްގެ ޒަރީޢާއިން؛
- ކޮލެޖް ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާޞިލު ކުރާ ފަރާތްތަކުން، ރިސަރޗްތަކަށް ބޭނުންވެގެން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ސިޓީ/މެއިލްއާއެކު، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދީފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

3- ޤާނޫނު ނަމްބަރު 1/2014 އިގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭނަމަ އެކަމަށްޓަކައި ކޯޓުގެ ވެބްސައިޓްގައި ވާ ފޯމުން؛

"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގެ ދަށުން މަޢުލޫމާތު ހޯދާން އެދޭ ފޯމު

4- އެކި ކަންކަމަށް އެދުމަށް ކޯޓުގައި ބެހެއްޓިފައި/ވެބްސައިޓްގައިވާ ފޯމުގެ ޒަރީޢާއިން.

ފޯމު ޑައުންލޯޑްކުރުމަށް

5- ފޯނުން: ޝަރީޢަތްތަކާއި ގުޅުން ހުރި އެއްވެސް މަޢުލޫމާތެއް

  • ޖުވެނައިލް ކޯޓަށް ލިބޭ ލިޔުންތައް އެންޓްރީ ކުރެވެމުންދަނީ MEMS ސިސްޓަމް މެދުވެރިކޮށެވެ. އަދި ލިޔެކިޔުންތަކުގެ ހާޑް ކޮޕީގައި އެންޓްރީ ތައްގަނޑު ޖެހުމަށްފަހު (މަޢުލޫމާތު ފުރިހަމަކޮށް) ސްކޭން ކުރުމަށްފަހު، މެމްސްގައި އެ އެންޓްރީއަކާ އެޓޭޗްކުރެވޭނެއެވެ. އަދި ސްކޭން ކުރުމަށްފަހު، ސަރވަރގައި އެކަމަށް ޚާއްޞަ އެންޓްރީ ފޯލްޑަރގައި ރައްކާކުރެވޭނެއެވެ. ހާޑުކޮޕީ ސެކްޝަންތަކަށް ޙަވާލުކުރުމަށް އެކަމަށް ޚާއްޞަކޮށްފައިވާ ފައިލްތަކުގައި ރައްކާކުރެވޭނެއެވެ.
  • ޤަޟިއްޔާތަކާ ގުޅިގެން ހުށަހަޅާ ހުރިހާ ލިޔެކިޔުމެއްގެ ސޮފްޓް އަދި ހާޑުކޮޕީ ޝަރުޢީ ދާއިރާގެ އަރުޝީފުގައި ރައްކާކުރެވޭނެއެވެ.
  • ކޯޓަށް ލިބޭ އެންމެހައި ލިޔެކިޔުންތައް އެންޓްރީކޮށް، އެންޓްރީ ގަވާއިދުން ރަޖިސްޓްރީއެއްގައި ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން އެންޓަރ ކުރާ ކޮންމެ ލިޔުމެއްގައި އެންޓްރީ ތައްގަނޑާއެކު ހިމެނެންޖެހޭ މައުލޫމާތުތައް ފުރިހަމަކުރާނެއެވެ. މިގޮތުން ލިޔުން ބަލައިގަތް މުވައްޒަފުގެ ނަމާއި ސޮއި، ބަލައިގަތް ގަޑި އާއި ތާރީޚް އަދި ލިބެންވީ ސެކްޝަން ހިމަނާފައި ހުންނާނެއެވެ.
  • އެކި ކަންކަމަށް އެދުމަށް ކޯޓުގައި ބެހެއްޓިފައި / ވެބްސައިޓްގައިވާ ފޯމުގެ ޒަރީޢާއިން.
  • އަދި އެންޓްރީ އިން ލިބޭ ލޔެކިޔުންތަކުގެ ހާޑް ކޮޕީ ފައިލްކޮށް، ސްކޭން ކޮޕީ އިލެކްޓްރޯނިކްކޮށް، ފައިލް ސަރވަރތަކުގައި ސެކްޝަންތަކުން ރައްކާކުރަމުންދާނެއެވެ.

ކޯޓުން ބަލަހައްޓާ މަޢުލޫމާތު

ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓް

ޝަރީޢަތްތަކާއި ގުޅިގެން ހުށަހެޅޭ އެންމެހާ ލިޔެކިޔުންތައް

ވަޒީފާތަކަށް ކުރާ އިޢުލާނުތަކާއި ގުޅިގެން ހުށަހެޅޭ އެންމެހާ ލިޔެކިޔުންތައް.

ކޯޓުގައި ހިންގޭ ޝަރީޢަތްތަކާއި ގުޅުންހުރި އެންމެހާ ތަފާސް ހިސާބު

ބަޖެޓާއި ޕްރޮކިއުމަންޓްގެ މަސައްކަތްތަކާއި ގުޅިގެން ހުށަހެޅޭ ލިޔެކިޔުންތައް.

މުވައްޒފުންނާއިގުޅޭ އެންމެހާ މަޢުލޫމާތުތައް.

ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންގެ ކުށުގެ ރެކޯޑުތައް

ކޯޓުން ނެރޭ އަމުރުތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް

ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު

ކޯޓުން ޢާންމުކުރާ މަޢުލޫމާތު:

ދުވަހު މައްސަލައިގެ ތާވަލް

ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް (ޢާންމު ކުރުމަށް ކަނޑައަޅާ މައްސަލަތަކުގެ، ކަނޑައަޅާ މިންވަރަކަށް)

ވަޒީފާތަކަށް މީހުން ހޯދުމަށާއި މުދަލާއި ޚިދުމަތްތައް ހޯދުމަށް ކުރާ އިޢުލާނާއި އެންގުން

ކޯޓުގެ ތަފާސްހިސާބު

ކޯޓުގެ ގަވާއިދުތަކާއި އުސޫލުތަކާއި ޕްރޮސީޖަރތައް

ކޯޓު ކަލަންޑަރު

ކޯޓުގެ ތަފާސްހިސާބު

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް ބަޔާންވެފައިވެއެވެ. އެގޮތުން:

  • ޤާނޫނުއަސާސީ އާއި ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް އިންޞާފުވެރިކަމާއި، ތެދުވެރިކަމާއެކު ހާމަކަންބޮޑު ގޮތަކަށް ޝަރީޢަތުގެ މަޖިލިސް ހިންގުން.
  • ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު މަސައްކަތުގެ ފަންނީ މިންގަނޑުތައް ހިފެހެއްޓުން.
  • މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވާ ޤާނޫނީ ވަކީލުންނަށާއި، ހެކިވެރީންނަށާއި، ޢާންމުންގެ މީހުންނަށާއި، ވަޒީފާގެ ވަގުތުގައި ބައްދަލުވާންޖެހޭ އެންމެހައި ފަރާތްތަކާ މުޢާމަލާތްކުރުމުގައި ފަނޑިޔާރުންނަކީ ކެތްތެރި، މަސްއޫލުވެރި އަދި ޚިދުމަތްތެރި ބަޔަކަށްވުން.
  • މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމަށާއި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ޚަޞްމުންނަށް ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާ ގޮތުގެމަތިން، އެކަށޭނެ ފުރުޞަތު ދިނުން.
  • ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާ އާއި ޢާންމު މިނިވަންކަން ދިފާޢުކުރަން މަސައްކަތްކުރުން.
  • ފަނޑިޔާރުން އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން ފަނޑިޔާރުން އަދާކުރުމަށް ކަނޑައަޅައި އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
  • މައްސަލަތަކާ ގުޅިގެން އަދި އެހެނިހެން ގޮތުންވެސް ފަނޑިޔާރުން ރަސްމީ ހައިސިއްޔަތުން ބައްދަލުކުރާ އެންމެހައި ފަރާތްތަކާ މުޢާމަލާތްކުރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން.
  • ޤާނޫނުއަސާސީ އާއި ޤާނޫނުން ފަނޑިޔާރުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 55 ވަނަ މާއްދާގައި ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން:

  • އެ ކޯޓެއްގެ މައްސަލަ ބަލާނެ ޤާޟީން ކަނޑައެޅުން.
  • އިޖުރާއީ ކަންކަމުގައި އެ ކޯޓުގެ އެހެން ޤާޟީންނަށް ލަފާދީ އެހީތެރިވެދިނުން.
  • އިޖުރާއީ އަދި އިދާރީ ކަންކަމުގައި އެ ކޯޓުގެ ރަޖިސްޓްރާރަށް އިރުޝާދުދިނުން.
  • އެ ކޯޓެއްގެ ނިންމުންތަކާއި ޙުކުމްތައް ފަނޑިޔާރުންނަށާއި، ޤާނޫނީ ވަކީލުންނަށާއި، ޢާންމުންނަށް ފަސޭހައިން ބެލޭނެ އުޞޫލަކާއި އިންތިޒާމެއް ހަމަޖެއްސުން.
  • އެ ކޯޓުގެ މައްސަލަތައް ލަސްވެގެންނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ މިނޫންނވެސް ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން.
  • ކޯޓުގެ ގަވާއިދުގައި އިސްޤާޟީގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ މިނޫންވެސް ކަންކަން ކުރުން.

ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާރުންގެ މަސްއޫލިއްޔަތުތައް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުންނަށް ބާރު ލިބިދެނީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ދާއިރާގެ ތެރެއިންނެވެ. މިގޮތުން ފަނޑިޔާރުންގެ ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  • ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ވަކިފަރާތަކަށް ނުޖެހި، އަދި ވަކި ތައައްސުބެއްނެތި، ޢަދުލުވެރިގޮތުގައި ފަނޑިޔާރުންނަށް ލިބިފައިވާ އިޚްތިޔާރު ބޭނުންކުރުން
  • ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކުރުން؛
  • ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު "04/2019" ސަރކިއުލަރ ގައި ޝަރުޢީ ކޯޓުތަކުގެ ރަޖިސްޓްރާރުންގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރެވިފައިވެއެވެ.

ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅުއްވާފައިވާ މަސްއޫލިއްޔަތުތަކެއްކަމުން، އެ މަސްއޫލިއްޔަތުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު "11/2019" ޢާންމު ސިޓީގައި ބަޔާންކުރެވިފައިވެއެވެ.

  • އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ
  • ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު
  • ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނު
  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު
  • އަދި މިނޫންވެސް، ކުށާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތައް
  • ވަޒީފާއާބެހޭ ޤާނޫނު
  • ޖުވެނައިލް ކޯޓު ގަވާއިދު
  • ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު
  • ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާބެހޭ އުޞޫލު
  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތައް
  • ޝަރުޢީ ދާއީރާގެ މުވައްޒަފުންގެ ގަވާއިދު
  • ކޯޓުގެ އެޗް.އާރް ކޮމެޓީ ގަވާއިދު
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ނެރޭ ސަރިކުލަރތަކާއި އެންގުންތައް އަދި ޢާންމު ސިޓީތަކާއި އުޞޫލުތައް

ޖުވެނައިލް ކޯޓަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެހެން ޤާނޫނަކުން ޖުވެނައިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ބެލޭނެކަމަށް ކަނޑައެޅިފައިވާ މައްސަލަތަކުގެ އިތުރަށް، ޤާނޫނުގައި ކުޑަކުދިން ކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތަކާއި، ކުށްކުށުގެ ތުޙުމަތުގައި ބަންދުކުރެވޭ ކުޑަކުދިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޯޓެއްކަމުން، ޖުވެނައިލް ކޯޓަކީ ޢާންމު ރައްޔިތުންނަށް ސީދާ އަސަރެއް ފޯރާ ފަދަ ގޮތަކަށް ނިންމުންތައް ނިންމާނެ ކޯޓެއްނޫނެވެ. އަދި ކުޑަކުދިންގެ މައްސަލަތަކަކީ ސިއްރު މައްސަލަތަކެއްކަމުން، ކޯޓުން ނިންމާ ނިންމުންތަކަކީ ޢާންމުކޮށް ޝާއިޢުކުރެވޭ މަޢުލޫމާތެއްކަމުގައި ނުވިޔަސް، ކޯޓުން މައްސަލަ ބަލާ ނިމުމުން، ކުއްޖާގެ ވަނަވަރު ސިއްރުކުރުމަށްފަހު މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކުރެވެއެވެ.

ކޯޓުގެ މަސައްކަތް ކުރުމުގައި ތަބާވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކުލަވާލާ ޢާންމު ސިޓީ، ސަރކިއުލަރ، އުޞޫލުތައް އަދި ކޯޓުގެ މަސައްކަތްތަކާ ގުޅިގެން ޢަމަލުކުރެވޭ އެސްއޯޕީތަކަށެވެ.

  • ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ނިންމުން: ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 63 ވަނަ މާއްދާގައި ޖިނާއީ ކުށެއްގެ ދައުވާ އުފުލޭ ކޮންމެ ކުޑަކުއްޖަކަށްމެ، މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި، އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުއްލިއަކަށް ދިމާވާ ކަންކަމާއި، ހައްލު ކުރަން ދަތި މައްސަލައެއް ނުވަތަ ހުރަހެއް ދިމާވެގެން މި މުއްދަތުގެ ތެރޭގައި ޝަރީއަތް ނިމިފައިނުވާނަމަ، އެ ސަބަބުތައް ބަޔާންކޮށް، އެކަން ކުއްޖާއަށާއި، ކުއްޖާގެ ބެލެނިވެރިޔާއަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގައި، އެ މުއްދަތުން ފެށިގެން އިތުރު 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އަދި އެ މައްސަލައެއް ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ޝަރީޢަތުން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، ކަނޑައެޅިފައިވާ މުއްދަތުގައި ހައިކޯޓަށް އިސްތިއުނާފުކުރުމުގެ ޙައްޤު ކަމާގުޅުންހުރި ފަރާތަކަށް ލިބިގެންވެއެވެ.
  • އިދާރީ ކަންކަން ނިންމުން:
    • ކޯޓަށް ހުށަހެޅޭ ދަޢުވާ ފޯމުތައް ބަލައިގަތުމާ ގުޅޭގޮތުން ގޮތް ނިންމާނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ކަމާގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކޯޓުގެ ރަޖިސްޓްރަރއެވެ. ރަޖިސްޓްރަރ ނިންމާ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކަމާގުޅުންހުރި ފަރާތަކަށް ލިބިގެންވެއެވެ.
    • މުވައްޒަފުންނާ ގުޅޭ ކަންކަން ނިންމާނީ ވަޒީފާއާބެހޭ ޤާނޫނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންނާބެހޭ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން، ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރއެވެ. މުވައްޒަފުންގެ ކަމަކާ ގުޅޭ ގޮތުން އެޗް.އާރް ކޮމިޓީއިން ގޮތް ނިންމަންޖެހޭނެކަމަށް ޝަރުޢީ ދާއިރާގެ މުވައްޒަފުންނާބެހޭ ޤަވާޢިދާއި އެޗް.އާރް ކޮމިޓީގެ އުސޫލުގައި ބަޔާންކުރާކަންކަން ނިންމާނީ އެ ކޮމިޓީއިންނެވެ.
    • މުދަލާއި ފައިސާއާބެހޭ ކަންކަން ނިންމާނީ، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

Responsive image

ކޯޓުގެ އިދާރީ އޮނިގަޑު


ކޯޓުގެ ކޮމިޓީތައް

ޤާޟީންގެ އާންމު މަޖިލީހާއެކު، ޖުވެނައިލް ކޯޓުގައި ޖުމުލަ 6 ކޮމިޓީއެއް މިވަގުތު އުފެދިފައި ވެއެވެ. އެއީ: