ފަހުގެ ޚަބަރުތައް

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޖުވެނައިލް ކޯޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭ
post photo

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ.....

ޕަބްލިޝްކުރި ތާރީޚް: 2024-03-28
އިތުރައް ވިދާޅުވުމަށް
ޖުވެނައިލް ކޯޓުގެ ފަރާތުން މާފުށީ ޖަލަށް ޒިޔާރަތް ކޮށްފި
post photo

އޮގަސްޓް 24 ވަނަ ދުވަހު ޖުވެނައިލް ކޯޓުގެ ފަރާތުން ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށްފައެވެ. މިގޮތުން މި ޒިޔާރަތުގައިވަނީ، ޖުވެނައިލް ކޯޓުގެ ރިހިބިލިޓޭޝަންގެ އަމުރު ނެރެފައިވާ ކުދިންގެ ޙާލަތާއި އެ ކުދިން ތިބޭ ގޮޅީގެ ޙާލަތު ބެލިފައިވެއެވެ. އަދި ކުދިންނާ ވަކިން ބައްދަލުކޮށް އެ ކުދިންގެ ޞިއްޙީ ކަންކަމާއި .....

ޕަބްލިޝްކުރި ތާރީޚް: 2023-08-24
އިތުރައް ވިދާޅުވުމަށް
Card image cap
އަންހެން ފަނޑިޔާރުންގެ މަހާސިންތާ/"ވިމެން ޖަޖަސް ކޮންފަރެންސް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި..

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...

Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...

ކޯޓުގެ ވިޝަން


ފަސޭހަކަމާ ހަމަހަމަކަމާއިއެކު އިންޞާފު ޤާއިމުކޮށްދިނުމާއި ފުރިހަމަކަމާއި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދީ، ކުށްކުރާ ކުޑަކުދިން އިޞްލާޙުވުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުމާއިއެކު، ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި، ޤާނޫނުގެ ވެރިކަމަށް ބޯލަނބައި، ޤާނޫނީ ޙައްޤުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކޮށް، ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި އެ ޢަމަލުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކުރުމަށްފަހު، ރުޖޫޢީ އިންސާފުގެ ފަލްސަފާގެ ދަށުން ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް، ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުން.

ކޯޓުގެ މިޝަން


ކުޑަކުދިންކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާގޮތުގެމަތީން، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިތުބާރުހިފޭގޮތަށް، އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ މައްސަލަތަކެއްކަމަށް ހެދުމާއި، ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުން.


ކޯޓުގެ ތާރީޚް:


ޖުވެނައިލް ކޯޓަކީ، ކުށްކުރާކުދިންގެ ޢަދަދު މުޖުތަމަޢުގައި އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވާންފެށި މައްސަލަތަކަށް ޙައްލެއްހޯދުމަށާއި، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާނޭ ވަކި ނިޒާމެއް ހަމަޖައްސަންވާނެ ކަމުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) ގެ 09 ވަނަ މާއްދާގައި ބަޔާންކުރެވިފައިވުމުން ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކިކޯޓެއް ހުންނަންޖެހޭ ކަމަށް ފެނިގެން 01 އޯގަސްޓް 1997 ގައި އުފެއްދި ކޯޓެކެވެ. 01 އޯގަސްޓް 1997 އިން ފެށިގެން، 21 އޮކްޓޯބަރ 2010 އާ ހަމައަށް ޖުވެނައިލް ކޯޓު ހިންގަމުން އައިސްފައިވަނީ، "ކުޑަކުދިންނާބެހޭ ކޯޓު" ގެ ނަމުގައެވެ. 21 އޮކްޓޯބަރ 2010 ގައި "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ތަޞްދީޤު ކުރެވުމާއެކު، ކޯޓުގެ ނަން ޖުވެނައިލް ކޯޓަށް ބަދަލުވެގެން ދިއައީއެވެ.


2022 ވަނަ އަހަރުގެ ތަފާސްހިސާބު

15

ހުށަހެޅުނު މައްސަލަ

31

ނިންމުނު މައްސަލަ

41

ނުނިމި ބާކީ

80

މުއްދަތު ޢަދަދު

ފޯމުތައް

ނަން ޝާއިޢުކުރެވުނު ތާރީޚް ޑައުންލޯޑް ފޯމެޓް
ވަޒީފާއަށް އެދޭ ފޯމު 2021-11-23
"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގެ ދަށުން މަޢުލޫމާތު ހޯދާން އެދޭ ފޯމު 2021-06-27
މެޑިކަލް ފޯމް 2021-06-27
ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު 2021-06-27
ތަޙްޤީޤުކުރާ ފަރާތުގެ އިޤްރާރު 2021-06-27
އިތުރު ފޯމްތައް

ދުވަހުގެ މައްސަލަތަކުގެ ތާވަލު

ޤަޟިއްޔާ ނަންބަރު ބާވަތް ތާރީޚް ގަޑި ސެކްޝަން ސްޓޭޓަސް
އިތުރު ތާވަލު