ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި.

Card image cap

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން ކޮންމެހެން ބާއްވަންޖެހިއްޖެ މައްސަލައެއްގެ އަޑުއެހުންތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ޝަރީޢަތްތަކާއި ގުޅުންހުރި އިދާރީ މަސައްކަތްތަކުގެ އިތުރުން، މައްސަލަތައް ބަލައިގަތުމާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމާއި އަދި ޝަރީޢަތްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ދޫކުރުމުގެ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2022-12-11
Card image cap
"މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން، 2022 ސެޕްޓެމްބަރު 18 އިން 19 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ "މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޝިފާއުއާއި ޕްރޮބޭޝަން އޮފިސަރ އަލްފާޟިލާ ނާއިލާ ރަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ކޮން...

Card image cap
ޖުވެނައިލް ކޯޓަށް ރަޖިސްޓްރާރއެއް ހަމަޖައްސަވައިފި .

ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ހއ.މާރަންދޫ،ލަކީސްޓާރ އަލްއުސްތާޛު އަޙްމަދު ޝިފާއު ހަމަޖައްސަވައިފިއެވެ. ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމު ހުސްވެފައިވަނީ، އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު، ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 28 ނޮވެންބަރު 2021 ގައި ޢައްޔަނ...

Card image cap
"އިންޕްލިމެންޓޭޝަން އޮފް ޑައިވާޝަން ފޯރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ (ކެޕޭސިޓީ ބިލްޑިން)" ވޯރކްޝޮޕްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޔޫ.އެން.އޯ.ޑީ.ސީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދާ "އިމްޕްލިމެންޓޭޝަން އޮފް ޑައިވަރޝަން ފޮރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" މަސައްކަތު ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ 4 މުވައްޒަފުން ބައިވެރިވެ ތަމްރީން ލިބިގަތްފިއެވެ. 2022 ޖޫން 28 އިން 30 އަށް މާލޭގައި ކު...