އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 2023 މާރިޗް 15 އިން 16އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދާ މި މަހާސިންތާގައި ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާއިފާ އާއި ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޝިފާއު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ، ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ އަންހެން ފަނޑިޔާރުންގެ މެދުގައި ތަޖުރިބާ ޙިއްސާކުރުމަށާއި މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކިއެކި ކަންކަމާ ގުޅޭގޮތުން ކުރިމަތިވާ ގޮންޖެހުންތަކާގުޅޭގޮތުން އަންހެން ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރާނެ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ އިތުރުން، އެކަންކަމަށް ޙައްލު ހޯދުމަށް މަޝްވަރާކުރާނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ ބޭނުމުގައި ބާއްވާ މަހާސިންތާއެކެވެ.
ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ...
އޮގަސްޓް 24 ވަނަ ދުވަހު ޖުވެނައިލް ކޯޓުގެ ފަރާތުން ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށްފައެވެ. މިގޮތުން މި ޒިޔާރަތުގައިވަނީ، ޖުވެނައިލް ކޯޓުގެ ރިހިބިލިޓޭޝަންގެ އަމުރު ނެރެފައިވާ ކުދިންގެ ޙާލަތާއި އެ ކުދިން ތިބޭ ގޮޅީގެ ޙާލަތު ބެލިފައިވެއެވެ. އަދި ކުދިންނާ ވަކިން ބައްދަލުކޮށް އެ ކުދިންގެ ޞިއްޙީ ކަންކަމާއި ...
އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...