ޖުވެނައިލް ކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭރޭޝަންއާއި އެކު ބައްދަލުވުމެއް ބާއްވައިފި.

Card image cap

2021 މާރިޗު 07 ވަނަ ދުވަހު ޖުވެނައިލް ކޯޓުގެ އިސްނެގުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓޭރޭޝަންގެ އިސްވެރިންނާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، 20 ނޮވެމްބަރު 2020 އިން ފެށިގެން ޢަމަލު ކުރަންފަށާފައިވާ، ޤާނޫނު ނަމްބަރު: 2019/18 "ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު" ތަންފީޒުކުރުމަށްޓަކައި ގިނަ ކަންތައްތަކެއްކޮށް، ގިނަ އިންތިޒާމުތަކެއް ވަކި މުއްދަތުތަކެއްގެ ތެރޭގައި ހަމަޖެއްސުމަށް، ކަމާގުޅުންހުރި އެންމެހާ އިދާރާތަކެއްގެ މައްޗަށް އެ ޤާނޫނުގައި ލާޒިމުކޮށްފައިވާތީއާއި، ކުޑަކުދިންނާ ގުޅޭ ޝަރީޢަތްތައް ކުރަމުންދަނީ ޤާނޫނުން އެކަށައަޅާފައިވާ އިންތިޒާމުތަކުގެ ތެރެއިންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި ކަށަވަރުކުރަންވާނެކަމަށް، އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ، މި ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކޯޓުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއިގުޅޭގޮތުންނާއި، އެ މަސައްކަތްތައް ހަލުވިކަމާއެކު ނިންމުމަށްޓަކައި އިތުރަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން މަޝްވަރާކޮށް މަޢުލޫމާތު ހިއްސާ ކުރުމެވެ. މިގޮތުން މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ޖުވެނައިލް ކޯޓުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެވުނެވެ. އަދި ހަމަމިއާއެކު ތަފާތު ސަބަބުތަކާހުރެ، މި ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ އަސާސީ ގިނަ ކަންކަން ފުރިހަމަވުމުގައި ލަސްތަކެއް އަންނަމުންދާކަން ކޯޓުން ފާހަގަކޮށް ދިމާވާ ދަތިތައް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހިއްސާކުރެވުނެވެ. މިބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަމާއި، މިހާރުން މިހާރަށް ބޭނުންވާ އެހީރެތިކަމަކީ ކޮބައިކަން ދެނެގަނެ، އެކަންކަމާ ގުޅިގެން މަޝްވަރާ ކުރެވުނެވެ. އަދި "ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު" ތަންފީޒުކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާ، މިޤާނޫނު ތަންފީޒުކުރުމަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ދާކަމަށާއި، އެމަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޕަބްލިޝްކުރި ތާރީޚް: 2021-03-07
Card image cap
އަންހެން ފަނޑިޔާރުންގެ މަހާސިންތާ/"ވިމެން ޖަޖަސް ކޮންފަރެންސް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި..

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...

Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...