ފަހުގެ ޚަބަރުތައް

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
post photo

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2024 ޑިސެންބަރު 22 ވަނަ ދުވަހުން ފެށިގެން 2024 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން ކޮ.....

ޕަބްލިޝްކުރި ތާރީޚް: 2024-12-22
އިތުރައް ވިދާޅުވުމަށް
ޖުވެނައިލް ކޯޓުގެ ރިކްރިއޭޝަން ކްލަބް (ޖޭ.ސީ.އާރު.ސީ) ގެ ހިންގާ ކޮމިޓީ އިފްތިތާހުކޮށްފި
post photo

ޖުވެނައިލް ކޯޓުގެ ރިކްރިއޭޝަން ކްލަބްގެ 6 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 2024 ޑިސެންބަރު 12 ވަނަ ދުވަހު ޖުވެނައިލް ކޯޓުގައި ކުރިއަށް ދިޔަ މި ޙަފްލާގައި، ކްލަބްގެ މި ދައުރުގެ ހިންގާ ކޮމިޓީގެ އެކި މަޤާމުތަކަށް އިންތިޚާބުވެފައިވާ ބޭފުޅުންގެ ނަންތައް އިޢުލާނު.....

ޕަބްލިޝްކުރި ތާރީޚް: 2024-12-15
އިތުރައް ވިދާޅުވުމަށް
Card image cap
ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮއްސި.

ދަމަނަވެށްޓާއި ޖުވެނައިލް ކޯޓު ގުޅިގެން، ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް މި ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. "މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މި މައުޟޫޢުގެދަށުން ކުރިއަށް ގެންދިއަ ސެޝަންގައި ކޯޓުގެ އި...

Card image cap
ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މި މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2: ވަނަ – އިންވެސްޓް އިން ޗިލްޑްރެން" ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާ...

Card image cap
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޖުވެނައިލް ކޯޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ގުޅޭ.

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މިހިނގާ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވުމާއެކު، ތިރީގައި މިދަންނަވާ ޚިދުމަތްތައް މިމުއްދަތުގައި، ވަކި އިންތިޒާމެއްގެ ދަށުން މިކޯޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
1. ތަހުޤީޤ...

ކޯޓުގެ ވިޝަން


ފަސޭހަކަމާ ހަމަހަމަކަމާއިއެކު އިންޞާފު ޤާއިމުކޮށްދިނުމާއި ފުރިހަމަކަމާއި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދީ، ކުށްކުރާ ކުޑަކުދިން އިޞްލާޙުވުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުމާއިއެކު، ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި، ޤާނޫނުގެ ވެރިކަމަށް ބޯލަނބައި، ޤާނޫނީ ޙައްޤުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކޮށް، ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި އެ ޢަމަލުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކުރުމަށްފަހު، ރުޖޫޢީ އިންސާފުގެ ފަލްސަފާގެ ދަށުން ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް، ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުން.

ކޯޓުގެ މިޝަން


ކުޑަކުދިންކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާގޮތުގެމަތީން، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިތުބާރުހިފޭގޮތަށް، އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ މައްސަލަތަކެއްކަމަށް ހެދުމާއި، ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުން.


ކޯޓުގެ ތާރީޚް:


ޖުވެނައިލް ކޯޓަކީ، ކުށްކުރާކުދިންގެ ޢަދަދު މުޖުތަމަޢުގައި އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވާންފެށި މައްސަލަތަކަށް ޙައްލެއްހޯދުމަށާއި، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާނޭ ވަކި ނިޒާމެއް ހަމަޖައްސަންވާނެ ކަމުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) ގެ 09 ވަނަ މާއްދާގައި ބަޔާންކުރެވިފައިވުމުން ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކިކޯޓެއް ހުންނަންޖެހޭ ކަމަށް ފެނިގެން 01 އޯގަސްޓް 1997 ގައި އުފެއްދި ކޯޓެކެވެ. 01 އޯގަސްޓް 1997 އިން ފެށިގެން، 21 އޮކްޓޯބަރ 2010 އާ ހަމައަށް ޖުވެނައިލް ކޯޓު ހިންގަމުން އައިސްފައިވަނީ، "ކުޑަކުދިންނާބެހޭ ކޯޓު" ގެ ނަމުގައެވެ. 21 އޮކްޓޯބަރ 2010 ގައި "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ތަޞްދީޤު ކުރެވުމާއެކު، ކޯޓުގެ ނަން ޖުވެނައިލް ކޯޓަށް ބަދަލުވެގެން ދިއައީއެވެ.


2023 ވަނަ އަހަރުގެ ތަފާސްހިސާބު

03

ހުށަހެޅުނު މައްސަލަ

17

ނިންމުނު މައްސަލަ

27

ނުނިމި ބާކީ

20

މުއްދަތު ޢަދަދު

ފޯމުތައް

ނަން ޝާއިޢުކުރެވުނު ތާރީޚް ޑައުންލޯޑް ފޯމެޓް
ވަޒީފާއަށް އެދޭ ފޯމު 2021-11-23
"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގެ ދަށުން މަޢުލޫމާތު ހޯދާން އެދޭ ފޯމު 2021-06-27
މެޑިކަލް ފޯމް 2021-06-27
ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު 2021-06-27
ތަޙްޤީޤުކުރާ ފަރާތުގެ އިޤްރާރު 2021-06-27
އިތުރު ފޯމްތައް

ދުވަހުގެ މައްސަލަތަކުގެ ތާވަލު

ޤަޟިއްޔާ ނަންބަރު ބާވަތް ތާރީޚް ގަޑި ސެކްޝަން ސްޓޭޓަސް
އިތުރު ތާވަލު